އެސިސްޓެންޓް ކައުންސިލް އޮފިސަރ (ކޮންޓްރެކްޓް)
2026-07-12
|
އިޢުލާނު |
|||||||||||
|
މަޤާމު: |
އެސިސްޓެންޓް ކައުންސިލް އޮފިސަރ (ކޮންޓްރެކްޓް) |
||||||||||
|
މަޤާމުގެ ނަންބަރު: |
- |
||||||||||
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||
|
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް ( 02 އަހަރު ) |
||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 3 ސްޓެޕް 1 |
||||||||||
|
މަޤާމުގެ
ކްލެސިފިކޭޝަން: |
- |
||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ. / ކ. ގުރައިދޫ |
||||||||||
|
މުސާރަ: |
-/7585ރުފިޔާ
|
||||||||||
|
މަޤާމުގެ
އެލަވަންސް: |
-/2275ރުފިޔާ
|
||||||||||
|
ޙާޟިރީ އެލަވަންސް: |
ޙާޟިރުވާ
ދުވަހަކަށް -/60ރުފިޔާ |
||||||||||
|
އެހެނިހެން
އެލަވަންސް: |
·
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން
އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް. ·
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން
ކޮންޓްރިބިއުޝަން |
||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1-
ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް
ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ
ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 2-
ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް
ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ
ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 3- ސަރުކާރާ ކައުންސިލާ އަދި ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހާ ތަންނުގެ
މުދަލާ ފައިސާއާއި ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހާ ބޭންކް
އެކައުންޓްތަކާ ބެހޭ އެންމެހާ ކަންކަން ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޤަވާޢިދާ
އަދި މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ވިޔަމޮޑިއުލްގެ ތެރޭގައި އެލްޖީއޭގެ
އުޞޫލާ އެއްގޮތްވާ ގޮތުގެމަތީން އަދި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ
ލަފަޔާ މަޝްވަރާއާއި އެއްގޮތަށް ތިޖޫރިއާއި ސެކްޝަން ހިންގުމަށް ޙަވާލުވާ
ޙާލަތުގައިވެސް ކުރުން. 4-
މުވައްޒަފުންގެ ޕެންޝަން ސްކީމާ ގުޅޭ އެންމެހާ
ކަންކަމާއި ކައުންސިލްގެ ބޭންކް އެކައުންޓްގެ އެންމެހާ ކަންކަމާއި، މުސާރަ
ޝީޓްތައް ހެދުމާއި، ވައުޗަރތައް ތައްޔާރުކުރުމާއި، ފައިސާ ބަލާގަތުމާއި،
އޮންލައިން މަސައްކަތް ކުރުމަށް ކަނޑައަޅާ ފައިވާ އެންމެހާ ޕޯޓަލްތަކުގައި
ކުރަންޖެހޭ މަސައްކަތްކޮށް އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިޔުން. 5- އިދާރާއިން ދޭޚިދުމަތްތަކާ ގުޅޭގޮތުންނާއި، ހިންގާ
އެކިއެކި ކަންކަމާގުޅޭގޮތުން އިދާރާއަށް ލިބޭ / ލިބެންޖެހޭ އެންމެހާ ފައިސާ
ޤަވާޢިދުން ބަލާގަނެ ތިޖޫރިއަށް ނުވަތަ ކައުންސިލްގެ އެކައުންޓަށް
ޤަވާޢިދުގައިވާގޮތުގެމަތީން ވައްދާ ޖަމާކޮށް ތިޖޫރި ޙަވާލްވާ ޙާލަތުގައިވެސް
ރައްކާތެރިކަމާއެކު ބެލެހެއްޓުން. 6- ކައުންސިލަރުންނާ، އިދާރާގެ އެންމެހާ މުވައްޒަފުންނާ،
އިދާރާގެ ބެލުމުގެ ދަށުން ހިންގާ އެންމެހާ ތަންތާގައި މަސައްކަތް ކުރާ
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި އެކިއެކި އެލަވަންސް ހޯދާ
އެފަރާތްތަކުން ދީފައިވާ އެކައުންޓަށް ޖަމާކުރުމަށް ބޭނުންވާ އެންމެހާ މުސާރަ
ޝީޓްތަކާއި، ލެޓަރ ތައް ތައްޔާރުކޮށް ބެންކަށާ، ކަމާގުޅުން ހުރި އިދާރާތަކަށް
ފޮނުވާ މަހުންމަހަށް މުސާރައާއި އިނާޔަތްތައް ޖަމާވޭތޯ ބަލާޔަޤީންކުރުމާއި
މުވައްޒަފުންނަށް ދިނުމަށްކަނޑައެޅިފައިވާ މުސާރަ ސްލިޕްކޮޅުތައް ޙަވާލްކުރުން. 7- އިދާރާއިން ހިންގާ ޕްރޮޖެކްޓްތަކާއި، އެކިއެކި
ކަންކަމަށް ކުރާ ޚަރަދުފައިސާއާއި، އަދި ދައުލަތުން އެކިފަރާތްތަކަށް ރަށްދު
ކުރުމަށް ފޮނުވާ އެންމެހާ ފައިސާ ޤަވާޢިދުން ކަނޑައެޅިފައިވާ ގޮތުމަތީން
ރަށްދުކޮށްދިނުން. 8- ކައުންސިލް އިދާރާއާއި އިދާރާ ގެ ބެލުމުގެ ދަށުން ބަލަހައްޓާ އެންމެހާ
ތަންތަން ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އެންމެހާ ފައިސާ އާއި ހޯދަން ބޭނުންވާ
މުދާ ގަތުމަށް ބޭނުންވާ ފައިސާ ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާއާއި ސެކްޝަން
ހެޑްގެ ބެލުމުގެދަށުން ހޯދަމުން ގެންދެވުން. 9- ކޮންމެ އަހަރަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓާ،
ގްރާންޓް ހޯދުމަށްޓަކައި އެކުލަވާލަންޖެހޭ ބަޖެޓްތައް ހެދުމުގެ އެންމެހާ
މަސައްކަތް ސެކްޝަނުން އިސްނެންގެވުމާއެކު ކައުންސިލްގެ މާލީ ޒިންމާދާރުގެ
ލަފާގެމަތީން އެލްޖީއޭއާއި ފިނޭންސް މިނިންސްޓްރީ ކަނޑައަޅާ އުޞޫލާ އެއްގޮތަށް
ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރުން. 10- ގޮއިފާލައްބަ، ހިންނަ ފަދަ ތަންތަނާއި ކުއްޔަށް
ދޫކުރެވޭ ބިންބިމާއި، ޢިމާރާތް ތަކުގެ ކުލިނެގުމާއިބެހޭ އެފަދަ ތަންތަން
ކުށްޔަށް ދޫކުރުމާގުޅޭގޮތުން ހެދޭ އެއްބަސްތަކައް ބޭނުންވާ މާޢްލޫމާތު
ފޯރުކޮށްދީ އެފަދަ ކުލި ތަކުގެ ރެކޯޑުތައް ބެލެހެއްޓުން. 11- ސަރުކާރާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން
އެކިފަރާތްތަކަށް ދޫކުރެވޭ ލޯނުތަކާއި، ބެހޭގޮތުން ބަލަހައްޓަންޖެހޭ
ހިސާބުތަކާއި، ރެކޯޑްތައް ބެލެހެއްޓުން. އަދި އެކަމާއި ގުޅޭގޮތުން ފޮނުވަންޖެހޭ
ރިޕޯޓްތަކާއި، ފައިސާ ކަމާބެހޭ ފަރާތްތަކަށް ދުވަހުންދުވަހަށް ފޮނުވުން. 12- ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނުން ހިންގާ ބަލަހައްޓާ ފައިސާއާއި
ގުޅޭގޮތުން ކުރެވޭ އެންމެހާ ކަންކަން ލާމަރުކަޒީ ޤާނޫނާ، މާލިއްޔާތު
ޤަވާޢިދުގައި ބަޔާންކުރާ އެންމެހާ
ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ރިޕޯޓްތައް ކަނޑައެޅިގައިވާ ގޮތަށް
މުއްދަތުގައި ތައްޔާރުކޮށް ފޮނުވުން. 13- ފައިސާގެ
އެންމެހާ ހިސާބުތަކާ ގުޅޭގޮތުން މެނުއަލްކޮށް ބަލަހައްޓަންޖެހޭ އެންމެހާ
ފޮތްތަށް ލިޔެ ދުވަހުން ދުވަހަށް ބެލެހެއްޓުން. މިގޮތުން، ލިބޭފައިސާގެ ދުވަހު
ފޮތާއި، އައިޓަމްބާކީ ފޮތާއި، އެކައުންޓް ބާކީ ފޮތް ރިކޮންސިލިއޭޓްކުރުމާއި،
ބިލް އެންޓްރީ ފޮތް ލިޔެ ބެލެހެއްޓުން. 14-
ސަރުކާރާއި ރައްޔިތުންގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ
އެންމެހައި ކަންތައްތައް ސެކްޝަން ހިންގަވާ ވެރިއެއްގެ މަޝްވަރާގެ މަތިން
ކުރުމާއި ސެކްޝަންގެ ހެޑް ނުވަތަ ތިޖޫރީ ޙަވާލުވެހުރި މުވައްޒިފަކު ޗުއްޓީ
ނެންގެވުމުން ތިޖޫރީ އާއި ޤަވަޢިދުން ޙަވާލުވެ ފައިސާގެ އެންމެހައި
މަސައްކަތްތައް ސެކްޝަނާއި ޙަވާލުވެގެން މާލީ ޒިންމާދާރުވެރިޔާ އާއި ސެކްރެޓަރީ
ޖެނެރަލްގެ ލަފަޔާ މަޝްވަރާގެ މަތިން މާލިއްޔަތު ޤަވަޢިދާ އެއްގޮތަށް
ކުރަމުންގެންދިޔުން. 15- އިދާރާގެ މީޑިއާ ކޯޑިނޭޓްރެއްގެ ޙައިސިއްޔަތުން،
ސަރުކާރާ ކައުންސިލް އިދާރާއިން ބާއްވާ އެންމެހާ ޖަލްސާތަކާއި އިވެންޓްތަކާއި
ބައްދަލްވުންތަކާއި، ހިންގާ އެންމެހާ ޕްރޮޖެކްތައް ހިނގަމުންދާގޮތާއި،
ފާހަގަކުރާ ދުވަސްތަކާއި، ރަށުގައި ހިނގާ ތަފާތު ޙާދިސާތަކުގެ ފޮޓޯ އަދި ވީޑިއޯ
އަދި އޯޑިއޯ އާއި ކައުންސިލުން އެދިލައްވާ އެންމެހާ ކަންކަމުގެ ފޮޓޯ ނަގާ ރެކޯޑް
ކުރުމާއެކު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖާއި ވެބްސައިޓެއް ހެދިފައިވާނަމަ އެ
ވެބްސައިޓަކަށް އަދި އިދާރާއިން ހިންގާ އެންމެހާ ވައިބަރ ގްރޫޕްތަކަށް އެކަމަކާ
ގުޅޭ ޕޯސްޓް ފޮޓޯ/ވީޑިއޯ ހިންގި ޙަރަކާތުގެ ކުރު ތަފްޞީލާއެކު ދުވަހުން ދުވަހަށް
އަޕްލޯޑްކޮށް ބެލެހެއްޓުން، އަދި ނެގޭ އެންމެހާ ފޮޓޯ އަދި ވީޑިއޯ އާއި އޯޑިއޯ
ކަނޑައެޅިފައިވާ ޕީސީގައި ތަރުތީބުން ނަމާއެކު ފޯލްޑަރ ހަދާ ސޭވްކުރަމުން
ގެންދިޔުން. އަދި މިކަމަށް ހޯދިފައިވާ ކެމެރާފަދަ ތަކެތި ރަށްކާތެރިކަމާއެކު
ބަލަހައްޓާ، އެހެން ސްޓާރފުންނަށް ކިޔާދިނުން 16- ކައުންސިލް އިދާރާއިން ކަނޑައަޅާ އުސޫލެއްގެ މަތިން
އިދާރާ ހުޅުވާ ލެއްޕުން.
|
||||||||||
|
މަޤާމުގެ ޝަރުޠުތައް: |
1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ
އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލް ކޮށްފައިވުން. ނުވަތަ
2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2
މާއްދާއިން ދަށްވެގެން ،ޑީ، ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން
،ސެކަންޑްރީ ސްކޫލް، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް
އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. |
||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާތައް: |
·
އެޑްމިނިސްޓްރޭޝަން ·
މެނޭޖްމަންޓް ތަޢުލީމީ ރޮނގު:
ނެތް ޕްރިފަރޑް ޑިސިޕްލިމް: ނެތް ކޯ ޑިސިޕްލިން:
ނެތް |
||||||||||
|
ހުށަހަޅަންޖެހޭ
ލިޔުންތައް:
|
1.
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް
ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ
ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން
ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4 2.
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް
އެޑްރެސް ހިމެނޭގޮތަށް). 3.
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ
(މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ
ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ
ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ
ޑްރައިވިންގ ލައިސަންސް. 4.
ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް
މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ،
އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ
އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5.
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ)
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ
ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ)
ރާއްޖޭގެ މަތީ
ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި
ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ
ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6.
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ
ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި،
ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ
އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި
ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު
މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ
އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ
ތެރެއިން https://myaccount.csc.gov.mv/
އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން
އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި
މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ
ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް
އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ
އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ
އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި
ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި
މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން
ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ
ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި
މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް
އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން
ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި
އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން
ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ
ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ
އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ
އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ
ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި
ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު
މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ
އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ
ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް މުވައްޒަފަކު
އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން
ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ. |
||||||||||
|
މަޤާމަށް
އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި
ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން،
މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި
ލިޔުންތައް އީ-މެއިލް info@guraidhoo.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި
ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ
ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||
|
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10
އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް
ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް
ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ
ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ
ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި
ޕްރެކްޓިކަލް އޮންނާނީ، 22 ޖުލައި 2026 އާއި 30 ޖުލައި 2026 އާއި ދެމެދު،
މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.
|
||||||||||
|
"ވަޒީފާއަށް
ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)"
އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ
ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް
(A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި
އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް
އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ
ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް
ހުށަހަޅަންވާނެއެވެ. |
||||||||||
|
މި
އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640072
އަށެވެ. އީ-މެއިލް ކުރާނީ info@guraidhoo.gov.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި
އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި
އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ
"އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51
އިން ލިބެން ހުންނާނެއެވެ.
|
|||||||||||
27 މުޙައްރަމް 1448
12 ޖުލައި 2026