ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުން

2024-01-16

 ނަމްބަރ: (IUL)338-BF/338/2023/47

އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުން.

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު 15 ޖެނުއަރީ 2024 އިން 01 ފެބުރުއަރީ 2024 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ދަފްތަރުގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމް، ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި ކައުންސިލްގެ ވެބްސައިޓުން (www.guraidhoo.gov.mv) އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

 

ފޯމް ހުށަހެޅުމުގައި ސަމާލްކަންދޭންވީ ކަންތައްތައް

 

·         ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި 2021 އަދި 2022 ގައި ރަޖިސްޓްރީވި ފަރާތްތަކުގެ ތެރެއިން، ހާލަތު ދެނެގަންނަ ފޯމް (12 ޖޫން 2023 އިން 22 ޖޫން 2023 އަށް ހުޅުވާލެވުނު ފުރުސަތުގައި)  ފުރިހަމަ ނުކުރާ ފަރާތްތައް، އަލުން ރަޖިސްޓްރީ ވާން ބޭނުންނަމަ މިފޯމް، ދެންނެވުނު މުއްދަތުގައި ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

 

·         2023ގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް މިފޯމް ހުށަހަޅާކަން ނުޖެހޭނެއެވެ.

 

·         ކައުންސިލުން ފޯމް ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ 01 ފެބުރުއަރީ 2024 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ.

 

·         ފޯމް ހުށަހަޅާއިރު ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ، ފޯމް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

15 ޖެނުއަރީ 2024

04 ރަޖަބް 1445