ބަންގްލަދޭޝް އެންބެސެޑަރ ގެ ވިޒިޓް ކ. ގުރައިދޫ (2019 މެއި)
2023-12-12
2019 މެއި މަހު ބަންގްލަދޭޝް އިން ކަޑައަޅާފައިވާ ރާއްޖޭގައި ހުންނަވާ އެންބެސެޑަރ މިއަދު ގުރައިދޫއަށް ވަޑައިގެން މިކައުންސިލާ ބައްދަލް ކުރައްވާފައިވެއެވެ. އެމަނިކުފާނުގެ މި ދަތުރު ފުޅުޅުގައި ކައުންސިލާ ބައްދަލްކުރައްވާ ރަށާބެހޭ ތަފާތު މަޢްލޫމާތު ހޯއްދަވައިފައިވެއެވެ. އަދ ދެފަރާތުން ހަދިޔާ ބަދަލްކުރެވުނެވެ. އަދި މެހެމާނުން ސޮއިކުރައްވާފޮތުގައި އެމަނިކުފާނު ސޮއި ކުރައްވާފައިވެއެވެ. އަދި ގުރައިދޫގައި އުޅޭ ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެމީހުނާ ބައްދަލްކުރައްވާ ރާއްޖޭގައި އެމީހުން ވަޒީފާ އަދާކޮށް މަސައްކަތްތައް ކުރުމުގައި ކަންކަން ކުރަންވީގޮތުގެ މަޢްލޫމާތު ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ރަށުތެރެ ބައްލަވާލާފައިވެއެވެ.