2016 ވަނަ އަހަރުގެ އތމ. ކޮމިޓީ ހުވާކުރުން

2023-12-18

2016 ފެބުރުއަރީ 23 ގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ހުވާގެ އިޤުރާރުގައި ސޮއިކުރުން އޮތެވެ. މި އަހަރުގެ ކޮމިޓީއަށް ހުވާ ލައްވާ ދެއްވީވެސް އިސްމެޖިސްޓްރޭޓް އަލްމަރްޙޫމް މުޙައްމަދު މޫސާ އެވެ. 

މިފަހަރުގެ ކޮމިޓީގައި ތިއްބަވަނީ ޝަފީޤާ ޢަލީ ޝާރުދާ އާދަމް އާއިޝަތު ފަޒީނާ ޠައުމާ ޢަބްދުﷲ އަދި ފާޠިމަތު ޒިރުފާ އެވެ. 

މި ރަސްމިއްޔާތު ހުށަހަޅާ ދެއްވީ މިކައުންސިލްގެ ސީނިޔަރ މުނިސިޕަލް ސާރވިސް އޮފިސަރ އަދި ކުރީގެ ކޮމިޓީގެ ރައީސާ އަލްމަރްޙޫމް ސިޔާމާ ޙަސަން އެވެ. މީގެ އިތުރުން ކައުންސިލްގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ވާހަކަފުޅު ދައްކަވާފައިވެއެވެ.