ވިއްސާރަވެ، ފެންބޮޑުވުން 31 ޑިސެމްބަރ 2023 - ކ. ގުރައިދޫ
2024-05-30
2023 ވަނަ އަހަރު ނިމުނު ދުވަހު 31 ޑިސެމްބަރ 2023 ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި ގުރައިދޫއަށް ގިނަ ޢަދަދަކަށް ވާރޭވެހި ރަށުތެރެ ފެންބޮޑުވުމުގެ ޙާދިސާއެއް ހިނގާފައިވެއެވެ. އެފަހަރު އެޙާދިސާގައި މުޅި ރަށުތެރެ ފެންބޮޑުވެ ގިނަ ގެތަކަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތައްވެ ބައެއް ގޭގޭގައި ކައްކާ ކައިބޮއެ ނޫޅެވޭ ވަރު ވުމާއެކު ކައުންސިލާ ރަށުގެ ރައްޔިތުން އަދި ޕޮލިހުންނާ އަދި އާރުސީސީ ގްރޫޕްގެ އެހީތެރިކަމާއެކު އެފަދަ މީހުން ރައްކާތެރި ތަންތަނަށް ބަދަލްކުރެވި ކެއުމާ ނިދުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރެވިފައިވެއެވެ.
މި ޙާދިސާގައި ގެއްލުން ލިބުނު ގެތަކަށާ، ތަކެއްޗާ މީހުނަށް ދައުލަތުންވަނީ ރަމްޒީ އެހީގެ ގޮތުގައި ފައިސާގެ އެހީ ދެއްވާފައެވެ.