އުސްތާޛް އިބްރާހިމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް "ގުރައިދޫ ތަރި 1445" - (28 ޑިސެމްބަރ 2023)
2024-06-02
އުސްތާޛް އިބްރާހިމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް "ގުރައިދޫ ތަރި 1445" ނަމުގައި ޤުރުއާން މުބާރތެއް 2023 ޑިސެމްބަރ މަހުގެ ފަހު ކޮޅުގައިވަނީ ފަށާފައެވެ. މި މުބާރާތް އިންތިޒާމްކޮށް އެންމެހާ ކަންކަން ކޮށްފައިވަނީ މިކައުންސިލްގެ އިދާރާއިންނެވެ. މި މުބާރާތް ކުރިޔަށް ގެންދެވިފައިވަނީ ކ. ގުރައިދޫ ސްކޫލްގައެވެ. މިއީ މިފަދަ ގޮތަކަށް މިކައުންސިލުން އިންޒިޒާމްކޮށްގެން ބޭއްވި ފުރަތަމަ މުބާރާތެވެ. މިގޮތުން މި މުބާރާތައް އެންމެ ގަދަ ދަރިވަރުން ހޮވުމަށް ކުރިން މުބާރާތްތައް ބޭއްވިފައިވެއެވެ. މިގޮތުން ގުރައިދޫ ތަރި މުބާރާތައް 15 ދަރިވަރަކު ހޮވި 10 ކުދިން ކިޔަވާފައިވެއެވެ.
ގުރައިދޫ ތަރި ޤުރުއާން މުބާރާތަކީ ކުރީގެ ރައްޔިތުން މަޖުލިސްގެ ޢިއްޒަތްތެރި މެމބަރ އަލް މަރްޙޫމް އުސްތާޛު އިބްރާހިމް ރިޟާ ނިޔާވުމާ ގުޅިގެން އެމަރްޙޫމްގެ ޢާއިލާ އާއި މިކައުންސިލާ ގުޅިގެން އެ މަރްޙޫމްގެ ހަނދާނުގައި ފެންވަރު ރަގަޅު ޤުރުއާނަށް ދަރިވަރުން ލޯބި ޖެއްސުމުގެ މަޤުޞަދުގައި މިކައުންސިލުން ކުރިޔަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގެ ކިޔެވުން 28 ޑިސެމްބަރ 2023 ވަނ ަދުވަހުގެރޭގަޑު ވަނީ ގުރައިދޫ ސްކޫލްގައި ފެށިފައެވެ. މިގޮތުން 4 ބުރަކަށް ބަހާލައިގެން ކިޔެވުން ކުރިޔަށް ގެންދެވިފައިވެއެވެ. ފުރަތަމަ ބުރު ކުރިޔަށް ގެންދެވުނީ އަބޫބަކުރު ޞިއްދީޤުގެ ބުރެވެ. އަދި ދެވަނަ ބުރުގައި ކުރިޔަށް ދިޔައީ ޢުމަރު ބުނުލް ޚައްޠާބުގެ ނަމުގައެވެ. އަދި 3 ވަނަ ބުރު ކުރިޔަށް ދިޔައީ ޢުޘްމާނު ބުނި ޢައްފާނުގެ ނަމުގައެވެ. 4 ވަނަ ބުރު ކުރިޔަށް ދިޔައީ ޢަލިއްޔި ބުނި އަބީ ޠާލިބުގެ ބުރެވެ. މި މުބާރާތުގައި ޤުރުއާން ކިޔެވުމުގެ އިތުރުން، ޤުރުއާނާ ޙަދީސް އާއި ގުޅޭ ޚާއްޞަ ސުވާލްކުރުމާއި ޖަވާބު ދިނުން ހިމެނިގެން ދިޔައެވެ.
މި ބާރާތުގެ ކިޔެވުން ނިމި އެކިއެކި ބުރުތަކުން ވަނަ ވަަނަ އަށް ދަރިވަރުންނަށް އަދި ގުރައިދޫ ތަރި 1445 ގެ އެންމެ މޮޅު ދަރިވަރަށް އިނާމު ދިނުމުގެ ރަސްމީ ޖަލްސާ އޮތީ 05 ޖެނުއަރީ 2023 ވަނަ ދުވަހުގެރޭ ގައެވެ. މި ޖަލްސާގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މީގެ އިތުރުން އެމިނިސްޓްރީގެ އިސް ބޭފުޅުންނާ ކައުންސިލް މެމްބަރުންނާ ރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ މުވައްޒަފުން އަދި ރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންނާއި ގިނަ ޢަދަދެއްގެ ބެލެނިވެރިން މި ޖަލްސާގައި ބައިވެރިވެލެއްވިއެވެ.
އުސްތާޛް އިބްރާހިމް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް ‘ގުރައިދޫ ތަރި 1445’ ގެ 01 ވަނަ (އަދި ގުރައިދޫ ތަރި 1445) ޙާޞިލްކޮށްފައިވަނީ އިސްމާޢީލް ލުޖައިން ބިން ޢަބްދުﷲ ޝަބީރު އެވެ.