ފުޓްސެލް ދަނޑު މަރާމާތުކުރުން (10 އޭޕްރީލް 2024)
2024-06-06
ކ.ގުރައިދޫ ފުޓްސެލް ދަނޑުގެ ޓާފް އަދި ލައިޓް ބަދަލުކޮށް، ފެންސް މަރާމާތުކުރުމަށްފަހު އަލުން ބޭނުންކުރަން ވަނީ ފެށިފައެވެ. މިފަހަރު މި ފުޓްސެލްދަނޑު މަރާމާތު ކުރުމަށް ދެ ފަރާތަކާ ޙަވާލްކުރެވިގެން މަސައްކަތް ކޮށްފައިވާ ވެއެވެ.
ފުޓްސަލް ދަނޑުގެ މަރާމާތު ނިމި ބޭނުން ކުރަން ފެށުމުގެ ގޮތުން ގުރައިދޫ ސްކޫލުން އިންތިޒާމް ކުރި މުބާރާތަކާއެކު މި ދަނޑު ހުޅުވުމުގެ ކުޑަ ރަސްމިއްޔާތެއްވެސް ބޭއްވިފައިވެއެވެ. މިގޮތުން މި ރަސްމިޔާތުގައި ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް އަދި ސްކޫލްގެ ދަރިވަރުން ބައިވެރިވެ ލެއްވިއެވެ.