އިޞްލާޙްގެނެވުނު ބިނާވެށި ޕްލޭން ޤަވާޢިދު ރައްޔިތުންނާ ޙިއްސާކުރުން (ރައްޔިތުންގެ ބައްދަލްވުން (24 އޭޕްރީލް 2024)

2024-06-09

އިސްލާޙު ކުރެވިފައިވާ ބިނާވެށި ޕްލޭނާއި، އަލަށް އެކުލަވާލެވޭ ޕްލޭނިންގ ޤަވައިދު ފާސްކޮށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންނާ ޙިއްސާކޮށް ގެނެވުނު ބަދަލްތަކާ ޕްލޭނަށް ގެނެވުނު ވބަދަލްތަކާ ޤަވާޢިދަށް ގެނެވިފައިވާ ބަދަލްތައް ކިޔާދީ ރައްޔިތުންގެ ސުވާލްތަކަށް ޖަވާބުދިނުމުގެ ގޮތުން 24 އޭޕްރީލް 2024 ގައި ރައްުޔިތުންނާއެކު ބޭއްވުނު ބައްދަލުވުން ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ކުރިޔަށް ގެންދެވިފައިވެއެވެ. މި ބައްދަލްވުން ފައްޓަވާ ދެއްވީ ކައުންސިލްގެ އެސްޖީ އެވެ. އަދި ސުވާލްތަކަށް ޖަވާބުދާރީ ވެލެއްވީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް އެވެ. ބައްދަލްވުން ނިމިގެންދިޔައީ މި ގެނެވުނު ބަދަލްތަކާ އެއްގޮތަށް ޕްލޭން ފާސްކުރުމަށް ރައްޔިތުންގެ ވޯޓާއެކު ފާސްކުރެވިގެންނެވެ. މި ބައްދަލްވުން ހުށަހަޅާ ދެއްވީ ކައުންސިލް އޮފިސަރ ޠަޢުމާ ޢަބްދުﷲ އެވެ.