ރައްޒާޤުބެ މެމޯރިއަލްކަޕްގެ ޝީލްޑް މެޗް (އޮޕަނިން މެޗް) (01 މެއި 2024)

2024-06-10

ރައްޒާޤުބެ މެމޯރިއަލް ކަޕް ފެށުމުގެ ގޮތުން ޝީލްޑްމެޗް މިއަދު ކުޅެވުނެވެ. މި މެޗްގެ ޝަރަފްވެރި މެހެމާނަކީ ކ. މާފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްއުސްތާޛު ޙުސައިން ރިޒާ އާދަމް އެވެ. މި މެޗްގައި ބައްދަލްކުރީ އޯލް އެޓޭކް ފުޓްބޯޅަ ޓީމާއި، އެގްޒިޓޯ ފުޓްބޯޅަ ކްލަބާއެވެ. މިމެޗް 2-1 އިން ކާމިޔާބުކުރީ އޯލްއެޓޭކް ފުޓްބޯޅަ ޓީމެވެ. މި މެޗްގެ ޝީޓް ހަލަވާލްކޮށްދެއްވީ އުސްތާޛު ޙުސައިން ރިޒާ އާދަމެވެ. މި މެޗަށްފަހު ހެދިފައިވާ ޝެޑިއުލާ އެއްގޮތަށް މުބާރާތުގެ މެޗްތައް ފެށިގެން ކުރިޔަށް ގޮސްފައިވެއެވެ.  މި މުބާރާތަށް އެފްއޭއެމްގެ ރެފްރީން ގެނެވިފައިވެއެވެ. އަދި މުބާރާތަށް ވަނީ މިކައުންސިލުން ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗްތައް ވަނީ ކައުންސިލްގެ ފޭސްބުކް އިން ލައިވް ކުރެވިފައެވެ.