ރައްޒާޤުބެ މެމޯރިއަލްކަޕް ފައިނަލް މެޗް (18 މެއި 2024)
2024-06-10
2024 ވަނަ އަހަރު ހިންގާފައިވާ ރައްޒާޤުބެ މެމޯރިއަލްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް 18 މެއި 2024 ވަން ދުވަހުގެ 16:00 ގައި ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުރިޔަށް ދިޔައެވެ. މި މެޗް ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރިއިރު ގިނަ ޢަދަދެއްގެ ބަޔަކު މި މެޗް ބެލުމަށް އެއްވެ ތިބިކަން ފާހަގަކޮށްލަމެވެ.
ވަރަށް ފޯރިޔާއެކު ކުރިޔަށް ދިޔަ މި މެޗް ގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލްގަވަރަމަންޓް އެންޑް ޕަބްލިކްވޯރކްސް ގެސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙާޝިމް އެވެ. އަދި އަރިހުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން މި މެޗް ބައްލަވާލުމަށް މިއަދު ގުރައިދޫއަށް ވަޑައިގަންނަވާފައި ވެއެވެ. އަދި މީގެ އިތުރުން ކައުންސިލްގެ މެމްބަރުންނާ، އިދާރާތަކުގެ އިސްވެރިންނާ ކަމުވޮށިވެގެންވާ ބޭފުޅުންނަށް ދަޢުވަތު އެރުވިފައިވެއެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލްކޮށްފައިވަނީ އޯލް އެޓޭކް ސްޕޯޓްސް ފުޓްބޯލް ކްލަބާއި، ޗެލެންޖާރސް ފުޓްބޯލް ކްލަބެވެ. މި މެޗްގެ ފުލްޓައިމް ހަމަވިއިރު 3 ލަނޑު 3 ލަނޑުން އެއްވަރު ވުމާއެކު ވަނީ ޕެނެލްޓީ ޖަހައިގެން އޯލް އެޓޭކް ސްޕޯޓްސް ފުޓްބޯލް ކްލަބް މި މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. ޗެމްޕިއަން ޓީމަށް ޝީލްޑާއި ޓްރޮފީ އަދި ފައިސާގެ އިނާމު ޙަވާލްކޮށްދެއްވީ ޝަރަފްވެރި މެހެމާން ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޙާޝިމް އެވެ. މި ފަހަރުގެ މުބާރާތަށް ޗެމްޕިއަންޓީމަށް ފައިސާގެ ގޮތުގައި -/40000ރުފިޔާ ޙަވާލްކުރެވިފައިވެއެވެ. އަދި ރަނަރއަޕް ޓީމަށް -/20000ރުފިޔާ ދީފައިވާއިރު ފެއަރޕްލޭ ޓީމަށް -/5000ރުފިޔާ ޙަވާލްކުރެވުނެވެ.
# މުބާރާތުގެ ރަނަރއަޕްޓީމަކީ ޗެލެންޖަރސް ފުޓްބޯލް ކްލަބެވެ.
# ފައިނަލް މެޗްގެ މޭން އޮފްދަ މެޗަކަށްހޮވިފައިވަނީ ޗެލެންހަރސްގެ ޖާޒީނަމްބަރ 17 އިބްރާހިމް މުޙައްމަދު ޙުސައިން އެވެ.
# ބެސްޓް ގޯލްކީޕަރަކަށް ހޮވިފައިވަނީ ޗެލެންޖަރސްގެ ޖޯޒީނަމްބަރ: 1 ޙުސައިން ޝިފާދު މުޙައްމަދަށެވެ.
# ޓޮޕް ގޯލްސްކޯރާ އަކަށް އަޙްމަދު ޝުޢޫން އާއި އަސްލާން ޢަލީ ހޮވިފައިވެއެވެ.
# ޕްލެޔަރ އޮފް ދަ ޓޯރނަމަންޓް އަކަށް ހޮވިފައިވަނީ އޯލް އެޓޭކްގެ ޖޯޒީނަމްބަރ: 14 އަދި އެޓީމްގެ ކެޕްޓަން އަޙްމަދު ޝުޢޫން އެވެ.
# ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ވީއާރު ފުޓްބޯލް ކްލަބެވެ.
# މޯސްޓް ޕްރޮމިސިން ފްލެއަރ އަކަށް ހޮވިފައިވަނީ މުޙައްމަދު ޝަޔާން ޝިފާޢު އެވެ.
މި މަޤާމްތަކަށް ޓްރޮފީއާއި ހަނދާނީލިޔުން ޙަވާލްކޮށްދެއްވީ މާލޭން ވަޑައިގެންނެވި ދައުލަތުގެ އިސްވެރިންނާ، ގުރައިދޫކައުންސިލް މެމްބަރުންނާ، އޮފީސްތަކުގެ އިސްވެރިންނެވެ.
ރައްޒާޤުބެ މެމޯރިއަލްކަޕް 2024 ގައި ރެފްރީކަން ކޮށްދެއްވި ފަރާތްތަކާއި އެކިއެކި ގޮތްގޮތުން ކައުންސިލަށް އެހީ ފޯރުކޮށްދެއްވި ފަރާތްތަކާއި، މި މުބާރާތުގެ ސްޕޮންސަރުންނަށް ހަދާނީ ލިޔުންދިނުން އޮތެވެ މި ނަމްބަރުތައް ފުރިހަމަ ކޮށްދެއްވީ ކައުންސިލް ރައީސް އަދި ނައިބު ރައީސް އަދި މެމްބަރުންނާ، އިދާރާތަކުގެ އިސްވެރިންނެވެ.
ކުލަ ގަދަ ރަސްމިއްޔާތަކާއެކު ފައިނަލް މެޗްގެ ކްލޯސިން ސަރަމަނީ ނިމިފައިވަނީ 19:00 ހާއިރު އެވެ. ކްލޯސިން ސަރުމަނީ ހުށަހަޅާ ދެއްވީ އ. ކައުންސިލް އޮފިސަރ މަރްޔަމް ރިއާސާއެވެ. މިކަމުގައި ކައުންސިލް އިދާރާގެ ޓީމް ޙަރަކާތްތެރިވެލައްވާފައިވާ ކަން ފާހަގަކޮށްލަމެވެ.