ބަންގްލަދޭޝްގެ ހައިކޮމިޝަނަރ ގުރައިދޫއަށް ކުރި ދަތުރުގެ ތެރެއިން (31 މެއި 2024)
2024-07-11
ބަންގްލަދޭޝް އިން ރާއްޖެއަށް ކަޑައަޅުއްވާފައިވާ ހައިކޮމިޝަނަރ އަދި އިސްބޭފުޅުން މިއަދު 31 މެއި 2024 ވަނަ ދުވަހު ގުރައިދޫއަށް ދަތުރެއް ކުރައްވާފައިވެއެވެ.
މިދަތުރުގައި ގުރައިދޫއަށް ވަޑައިގެން ކައުންސިލާ ބައްދަލްކޮށް ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެއަށް އަންނަ ގޮތާ ބެހޭގޮތުން އަދި ގުރައިދޫއަށް އެމީހުން އަންނަ ގޮތާބެހޭ މަޢްލޫމާތު ޙިއްސާ ކުރެވުނެވެ. މިގޮތުން ބަންލަދޭޝްގެ މީހުން މި ރަށުގައި މައިގަނޑު ގޮތެއްގައި އުޅެނީ ކޮންކޮން ދާއިރާތަކެއްގައި ތޯއާއި، ޤަވާޢިދާ ޚިލާފަށް އުޅޭ މީހުން ފާހަގަކުރާގޮތާއި، އެފަދަ މީހުންގެ ދަފްތަރު ބަލަހައްޓާގޮތާ ބެހޭގޮތުން މަޝްވަރާކޮށް މަޢްލޫމާތު ޙިއްސާ ކުރެވުނެވެ. މި ބައްދަލްވުމުގައި ކައުންސިލްގެ ރައީސް އަދި ނައިބު އަދި އިސްމުވައްޒަފުން ބައިވެރިވެލެއްވިއެވެ.
އަދި މިއަށްފަހު ހައިކޮމިޝަނަރުގެ އެދިވަޑައިގަތުމަށް މިރަށުގައި އުޅޭ ހުރިހާ ބަންގްލަދޭޝް ރައްޔިތުން ގުރައިދޫސްކޫލަށް އެއްކުރެވުނެވެ. މި ބައްދަލްވުން އޮތީ ގުރައިދޫ މަދަރުސާގައެވެ.
މި ބައްދަލްކުރުމުގައި ހައިކޮމިޝަނރުގެ ފަރާތުން ބޭނުންވާ އެންމެހާ މަޢްލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެމީހުން ދިވެހިރާއްޖޭގައި އުޅެންވީގޮތާއި، އަންނަންޖެހޭ ގޮތްތަކާއި ކަންކަން އަދި ޤަވާޢިދާ އުޞޫލްތަކަށް އަންނަމުންދާ ބަދަލްތައް ކިޔާ ދީފައިވެއެވެ.