ދިވެހި ފުލުހުންގެ ޚިދުމަތުގެ ކ. އަތޮޅު ކޮމާންޑަރ އާއެކު ބޭއްވުނު ބައްދަލުވުން - 21 ޖުލައި 2024
2024-07-29
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކ. އަތޮޅު ކޮމާންޑަރ އާއެކު މިއަދު ކައުންިސލް އިދާރާގެ މީޓިންގ ރޫމުގައި މި ކައުންސިލާއެކު ބައްދަލްކޮށް ރަށުގައި ހިނގާ ތަފާތު ކަންކަމާއި ކުށްކުރާ މީހުނާއި ބިދޭސީންނާއި، އަދި އެއްގަމު އުޅނަދު ފަހަރާބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިއީ އަތޮޅު ކޮމާންޑަރ ބަދަލްވާ ޙާލަތުގައި ސިލްސިލާކޮށް ކައުންސިލާއެކު ބައްދަލްކުރާ ބައްދަލްތަކުގެ ތެރެއިން ކުރިޔަށް ގޮސްފައިވާ ބައްދަލްވުމެކެވެ. މި ބައްދަލްވުމުގައި ކައުންސިލްގެ ރައީސާ އަދި މެމްބަރުން އައު އަތޮޅު ކޮމާންޑަރަށް މަރުޙަބާ ދަންނަވާ ރަށުގައި މިހާރު ހިނގަމުންދާ ކަންކަމާއި ކަންބިޑުވާ ކަންކަން ހިއްސާކުރެވިފައިވެއެވެ. އަދި ރަށުގެ ޕޮލިސްގެ ފަރާތުން ރަށަށް ބޭނުންވާ ކަންކަން ވެސް ހިއްސާކުރެވުނެވެ.