މަދިރީގެ ފޮގްކުރުމުގެ ޕްރޮގްރާމް - 22 ޖުލައި 2024
2024-07-29
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި ރަށުތެރެ ފޮގްކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު ން ފެށިގެން 3 ދުވަހު ކޮންމެ ދުވަހެއްގެ ހެދުނާއި ހަވީރު ފޮގް ކުރެވިފައިވެއެވެ.
މިމަސައްކަތް ކޮށްދެއްވާފައިވަނީ އިދާރާގެ ސަޕޯޓް ސަރވިސް މުވައްޒަފުންނެވެ. މިގޮތުން ޚާއްޞައެހީއަށް ބޭނުންވާ މަރްކަޒްގެ އެތެރެއާއި ބޭރު އަދި މުޅި ރަށަށް ފޮގް ކުރެވިފައިވެއެވެ. މިދުވަސްވަރަކީ އަރިދަފުހާ ހުން އަދި ޑެންގޫފަދަ ރޯގާތައް ގިނައިން ފެތުރެމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްލަމެވެ.