ކައުންސިލްގެ ޤަރާރު (ގުރައިދޫ ކައިރިން ބިންހިއްކުމަށް ވެލި ނަގާ މަސްއަލައާއި ގުޅޭ) 24 ޖުލައި 2024

2024-07-31

ކ. ގުރައިދޫ ހިމެނޭ ސަރަޙައްދުގެ ގިނަ ފަޅުތަކެއް އެކިއެކި ސަރުކާރުތަކުން ރިސޯޓްހެދުމަށް ދޫކޮށްފައިވުމުގެ ސަބަބުން އެ ފަޅުތައް ހިއްކުމުގެ މަސައްކަތް މިދުވަސްވަރު ވަނީ ވަރަށް ބާރަށް ހިންގަން ފަށާފައެވެ. މިގޮތުން މިދުވަސްވަރު ގުރައިދޫއާއި ވަރަށް ކައިރިންވެސް ފަޅުތައް ހިއްކުމަށް ކޮންނަ ބޯޓް މެދުވެރިކޮށް ބިން ހިއްކުމަށް ވެލިނަގަމުންދާ މަސްއަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އެކި އިދާރާތަކަށް މިކައުންސިލުން ދަނީ ހިއްސާކުރަމުންނެވެ. އަދި މިއީ ގުރައިދޫ ރައްޔިތުން ވަރަށް ކަންބޮޑުވާ ބޮޑު މަސްއަލައެއްގެގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.

ގުރައިދޫ ހިމެނޭ ސަރަޙައްދަކީ ތަފާތު އެކިކއެި މުހިންމު ފަޅުތަކާ ގިރިތައް ހިމެނި އެކުލެވިގެންވާ ސަރަޙައްދެކެވެ. އަދި މިއީ މަޝްހޫރު ޑައިވް ޕޮއިންޓްތަކާއި، ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ތަކާއި، ސްނޯކްލިން އަދި ސޭންޑް ބޭން ކް ހިމެނޭ ފަތުރުވެރިގެ މަޤްބޫލް އެތައް މަންޒިލްތަކެއް އެކުލެވިގެންވާ ، ގުޅި މާފުށި އަދި ގުރައިދޫގެ ގެސްޓްހައުސްގެ ވިޔަފާރި ކުރާ ފަރާތްތަކުން ނަފާ ހޯދަމުންދާ ތަންތަން ވުމުގެ އިތުރުން، މިއީ މި ރަށްރަށުގެ މަސްވެރިން މަސްވެރިކަންކުރާ އަދި އެންވެރިކަން ކުރާ ސަރަޙައްދު ތަކެއް ކަމަށްވުމާއެކު މިހާރު މި ވެލި ނަގާ ގޮތުން މި ސަރަޙައްދުގެ ފަޅުތަކާ އެތަންތަނުގައިވާ ގަލާ މުރަކަތައް ހަލާކުވެ ސޭންޑްބޭންކްތައް ގިރާލާ އެންވެރިކަން ވެސް ނެތި ފަނާވެދާނެ ކަމެއްކަމަށް ވުމާއެކު މިކަން ވަގުތުން ވަގުތައް ހުއްޓާލުމަށް ސަރުކާރުގެ އެކި އިދާރާތަކަށް މިކަންސިލުން ދަނީ ހިއްސާ ކުރަމުންނެވެ. މިކަންމިގޮތަށް ހިނގަމުން ދާތީ، މިކަން ކުށްވެރިކޮށް ރައްޔިތުންގެ ކަންބޮޑުވުންވެސް އެކުލެވޭގޮތަށް މިހާރު ވަނީ މިކައުންސިލުން ޤަރާރެއްވެސް ނެރެފައެވެ.