އިންސްޓޯލްމަންޓަށް ފަހާފޮށި ދޫކުރުން - ކ. ގުރައިދޫ އތމ.ކޮމިޓީ (2024 އޯގަސްޓް)
2024-08-20
ކ. ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް
މަސައްކުރާ ކޮމިޓީގެ ފަރާތުން ތިންވަނަ ފަހަރަށް އިންސްޓޮލްމެންޓުގެ ގޮތުގައި
ފަހާފޮށި ދޫކުރުމަށް ހުޅުވާލުމުން، އެކަމަށް އެދި ނަންނޯޓުކުރި ފަރާތްތަކުގެ
މެދުގައި ގުރުއަތު ނެގުން ކުރިޔަށް ގެންދެވުނުވެ.
އަދި ގުރުއަތުން ހޮވުނު ފަރާތްތަކަށްވަނީ ފަހާފޮށިވެސް ޙަވާލްކުރެވިފައެވެ. ފަހާފޮށިތައް ޙަވާލްކޮށްދެއްވީ ކައުންސިލް ރައީސްގެ އިތުރުން ކައުންސިލް މެމްބަރުންނާ، އތމ. ކޮމިޓީގެމެމްބަރުންނެވެ.
މިފަހަރުވެސް 10 ފަހާފޮށި ވަނީ ދޫކުރެވިފައެވެ. މިއީ އތމ. ކޮމިޓީއާއި ކައުންސިލާ ގުޅިގެން ހުނަރުވެރި އަންހެނުން ބިނާކުރުމަށް ހިންގޭ ޕްރޮގްރާމްގެ ދަށުން ސިލްސިލާކޮށް ކުރިޔަށް ގެންދާ 3 ވަނަ ބުރެވެ.
ފަހާފޮށިތައް ދޫކުރުމުގައި އިސްކޮށް އުޅުއްވާފައިވަނީ އެކޮމިޓީގެ ނައިބު ރައީސާ އަލްފާޟިލާ ފާޠިމަތު ސަނިއްޔާ އެވެ.