ކ.ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމުގެ މުބާރާތް - 2024
2024-09-22
މިރަށުގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރި ކުރުމުމަށް ކައުންސިލުން ހިންގާ ޕްރޮގްރާމްގެ ތެރެއިން މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމާގުޅޭ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމާ މިއަދު ވަނީ އިޢްލާން ކުރެވިފައެވެ. މި މުބާރާތަށް އިޢްލާން ކުރުމުގެ ކުރިން މިމުބާރާތަށް އަމާޒުކޮށް އުޞޫލްތަކެއް ވަނީ އެކުލަވާލެވިފައެވެ. އަދި މުބާރާތުގައި ބައިވެރިވާ ގެތައް ހިމެނޭ ސަރަޙައްދުތަކެއް ރަޖިސްޓްރީ ކުރަންޖެހެއެވެ.
މިއަށްފަހު އެސަރަޙައްދުތައް ކައުންސިލުން ކޮންމެ މަހަކު ބަލާ މޮނީޓަރކޮށް އެސަރަޙައްދުތަކުގެ ފޮޓޯތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 1 އަހަރު ދުވަހުގެ މުއްދަތައް ދެމިގެންދާ މުބާާތަކަށްވުމާއެކު 1 އަހަރު ވުމުން މުބާރާތުގެ ނަތީޖާ އިޢްލާންކޮށް އެންމެ ރީތިކޮށް ގަސްހައްދާފައިވާ ސަރަޙައްދުތަކާ މަގުތަކުގެ ހިމެނޭ ޓީމްތަކަށް ފައިސާގެ އިނާމުވެސް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް އޮންނަނީ 4 ސެޕްޓެމްބަރ 2024 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 14 ސަރަޙައްދަކަށް ބަހާލާފައިވާއިރު އެންމެ ރީތިކޮށް ގަސްހައްދާ ސަރަޙައްދުގެ ޓީމަކަށް -/30000ރުރިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ އަށް ހޮވޭ ޓީމަކަށް -/20000ރުފިޔާ ދޭއިރު 3 ވަނަ ޓީމަކަށް -/10000ރުފިޔާ ދޭގޮތަށް ވަނީ ކައުންސިލުން ނިންމާފައެވެ.